ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި

ދިރާގު ކަސްޓަމަރުންނަށް ފިތުރު އީދުގެ މުނާސަބަތުގައި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފިއެވެ.

މިއީ، ދިރާގު ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާއާއި އެހެނިހެން ގާތް ފަރާތްތަކާއި ގުޅުންބަދަހިކޮށް އީދުގެ އުފާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދީފައިވާ ހިދުމަތެކެވެ.

މި ދުވަސްވަރަކީ އުމްރާގެ އަޅުކަމަށް ގިނަ ފަރާތްތަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާ ދުވަސްވަރަކަށް ވާތީ، މި ހިދުމަތުގެ ދަށުން ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބިގެންދާނެއެވެ.

އެހެންކަމުން، #225* އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް 20 މާރިޗު 2026 ގެ ނިޔަލަށް އެކްޓިވޭޓްކުރެވޭނެއެވެ. އަދި، އެކްޓިވޭޓްކުރުމަށްފަހު 7 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެއެވެ.

ދިރާގުން ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންގެ އާއިލާއާއި ލޯބިވާފަރާތްތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ފަދަ ހާއްސަ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.