އާންމު ރައްޔިތުން ހޭލުުންތެރިކުރުމުގެ ހަރަކާތެއް ލ. އަތޮޅުގަ

ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ކުށުގެ ވެށި ނައްތާލުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ލ. އަތޮޅު ރަށްރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

މާރިޗު 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މި ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކަށް ހާއްސަކޮށްގެން ލ. އަތޮޅު ރަށްރަށުގައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި މައުލޫމާތު ދީފައިވަނީ މަކަރާއި ހީލަތުގެ މައްސަލަ ތަކުން ރައްކާތެރިވާނެ ގޮތާ ގުޅޭގޮތުންނެވެ. މިގޮތުން، ފޯނަށް އަންނަ އޯ.ޓީ.ޕީ އެހެން މީހުނަށް ހިއްސާނުކުރުމަށާއި ކާކުކަން ޔަގީން ކުުރުމަށް ފަހު ނޫނީ އެއްވެސް މީހަކަށް ފައިސާ ނުފޮނުވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދި އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ލިބުމުންނޫނީ ފައިސާ ނުފޮނުވުމަށާއި، ބޭރު ފައިސާ މާރުކުރާއިރު އެ ފަރާތަކީ ފައިސާ މާރުކުރުމުގެ ހުއްދަ އޮންނަ މީހެއްތޯ ކަށަވަރުކުރުމާއި، ގޮތްނޭނގޭ ލިންކުތަކަށް ނުފިއްތުމަށާއި އެ ލިންކުތަކުން ފައިސާގެ މުއާމަލާތު ނުކުރުމަށް ކިޔައިދީފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.