ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު،  ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

އެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ މިއަދުއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ބައެއް ނުރަސްމީ ދަތުރުފުޅުތަކުގައި، އެމަނިކުފާނު ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ޚަރަދާއި، ޢާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.