ނައިބު ރައީސް، އެފްއޭއެމް ވިމެންސް ލީގް 2025 ގެ ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު‎ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އެފްއޭއެމް ވިމެންސް ލީގް 2025 ގެ ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

‏‎މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު ސީދާ ދެ ލަނޑުން ކާމިޔާބުކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ.

‏‎މެޗު ބައްލަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗެމްޕިއަންޓީމަށާއި މުބާރާތުގައި ފާހަގަކޮށްލެވޭ އެކި ކާމިޔާބީތައް ހާސިލްކުރި ކުޅުންތެރިންނާއި ޓީމުތަކަށް ޓްރޯފީ ހަވާލުކޮށްދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.