އިއްޔެގެ އެކްސިޑެންޓުގައި ކާރު ދުއްވި މީހާގެ ބަންދަށް 15 ދުވަސް

އައްޑޫސިޓީ ލިންކުރޯޑުގައި އިއްޔެ ހަވީރު ކާރަކާއި ސައިކަލެއް ޖެހި މީހަކު މަރުވި އެކްސިޑެންޓުގައި ކާރު ދުއްވަންއިން މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިދީފިއެވެ.
އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވަނީ ބަންދާމެދު ގޮތެއް ނިންމަން ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރު ކުރުމުންނެވެ.

އެމީހާ ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހުންގެ ބަންދަށް އޭނާ ގެންދިޔައީ ހޮސްޕިޓަލުގައި އޮއްވައި ކަމަށް އޭނާގެ ގާނޫނީ ވަކީލް ވިދާޅުވިއެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް ވަކީލް ވިދާޅުވިއެވެ.

ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ ކާރު ދުއްވަންއިން މަރަދޫ ޒުވާނެކެވެ. އޭނާގެ އަތުގައި ލައިސަންސެއްވެސް ނެތްކަމަށް ވަނީ އެނގިފައެވެ. އަދި އޭނާ ދުއްވި ކަރާރަކީ ރަޖިސްޓްރީ ނުކުރާ ކާރެއްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ކާރު ދުއްވަންއިން މީހާއަތުން ސްރީލަންކާގައިވެސް ވަރަށްފަހުން އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

މިކަންކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ޕޮލިސް މީޑިއާއަށް ގުޅުމުން އެތަނުން އަދި މައުލޫމާތެއް ނުދެއްވައެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.