ދިރާގު ފިންޓެކް އިން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޝަވަރުމާއެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މި ފަހަރު މި އޮފަރ ލިބިގެންދާނީ ރާއްޖޭގެ މަޝްހޫރު ބާބާ ގާޑިޔާއިންނެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ، 12 ޑިސެންބަރު ވާ މި ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
ސޯޝަލް ސެންޓަރުގެ ބޭރު ސަރަހައްދުގައި މި ދުވަހު ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއެއް ހަރަދުކޮށްގެން، ބާބާ ގާޑިޔާއިން ޝަވަރުމާއެއް ލިބިގެންދާނެއެވެ. ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނަށް ވެސް، އަދި ދިރާގުޕޭ މުޅިން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
ދިރާގުން ވަނީ ދާދި ފަހުން ވެސް މި ފަދަ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންގޮސްފައެވެ. އެ ޕްރޮމޯޝަންގެ ދަށުން ދިރާގުޕޭގެ ކަސްޓަމަރުންނަށް ވަނީ 1 ރުފިޔާއަށް ކޮފީ ލިބިފައެވެ. 1 ރުފިޔާއަށް ކޮފީ ލިބުނު މި ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާއި ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފަރތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ.
ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.
