ޖުވާ ކުޅުމާއި، ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް، މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ، މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ދިވެހިރާއްޖޭގައި ދީނީ ވަޙުދަތު އިތުރުކޮށް، އިސްލާމީ ގިޔަމުތައް ނަގަހައްޓަވައި ތަންފީޒުކުރެއްވުމަކީ މި ސަރުކާރުގެ އަހުމިއްޔަތެކެވެ.
