ނުޖޫމް ޕްރީސްކޫލު ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީއަށް ޒިޔާރަތްކޮށްފި

ޖޫމް ޕްރީސްކޫލު ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
އެ ސްކޫލުގެ 28 ދަރިވަރުންނާއި 11 މުދައްރިސުން ބައިވެރިވި މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ޝިޕް ސޭފްޓީ، ވޯޓަރ ސޭފްޓީ، ޑައިވިންއާއި ފަޔަރފައިޓިންގގެ ތަޢާރަފާއި، އަދި ލައިފް ޖެކެޓާއި ލައިފް ރިންގ ބޭނުންކުރާނޭ ގޮތްތައް ކިޔައިދީފައެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީގެ ސިފައިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.