ޙާފިޡުންނަށް ބުރުޒު ކޭޓަރިން އިން ޚާއްސަ އިނާމެއް ދޭން ފަށައިފި

ޤުރުއާން ހިތުދަސްކޮށް އިމްތިޙާނު ނިންމާ ޙާފިޡުންނަށް، ބުރުޒު ކޭޓަރިންގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި ޑިނަރ ވައުޗަރ ދޭން ފަށައިފިއެވެ.

މިއަދުން ފެށިގެން މި ވައުޗަރ ދޭން ފަށާފައިވާއިރު މި ވައުޗަރގެ ދަށުން ޙާފިޡާއި 2 ބެލެނިވެރިންނަށް ބައިވެރިވެވޭނެ އިންތިޒާމް އެ ފަރާތުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ބުރުޒު ކޭޓަރިންގއިން ޙާފިޡުންނަށް 10% ޑިސްކައުންޓް ލިބޭ ވައުޗަރެއް ދޭން ފަށާފައިވާއިރު މި ވައުޗަރު 30 ދުވަހާއި ހަމައަށް ބޭނުން ކުރެވޭނެއެވެ.

ބުރުޒު ކޭޓަރިންގގެ މި ނިންމެވުމާއެކު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އެ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކީރިތި ޤުރުއާން ހިތުދަސް ޙާފިޡުންގެ އަދަދު އިތުރުކުރުމާއި ޙާފިޡުންގެ އަގުވަޒަން ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭކަމެކެވެ. އެގޮތުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ޙާފިޡުންނަށް ދެމުންދާ އެލަވަންސް ދެގުނައަށް ބޮޑުކޮށް އެލަވަންސްގެ ގޮތުގައި 4000 ރުފިޔާ ދޭން ފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.