ކޭ.އައި.ޔޫ ޔުނިވާސިޓީގެ ވަފުދެއް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަށް ޒިޔާރަތްކޮށްފި

ސްރީލަންކާގެ ކޭ.އައި.ޔޫ ޔުނިވާސިޓީގެ އިސްބޭފުޅުން ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައި، މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، ޢަހްމަދު ޝަފީޢު ވަނީ ކޭ.އައި.ޔޫ ޔުނިވާސިޓީގެ އިސް ބޭފުޅުންނާއިއެކު މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އެޮތުން، އެ ދެ ފަރާތުން ގުޅިގެން ކުރިއަށްގެންދެވިދާނެ ޕްރޮގްރާމްތަކާއި، ސްޓޫޑަންޓް އެކްސްޗޭންޖްގެ ފުރުޞަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

ކޭ.އައި.ޔޫ ޔުނިވާސިޓީ ފަދަ ބޭރުގެ ޔުނިވާސިޓީތަކާއިއެކު ބޭއްވޭ މިފަދަ މަޝްވަރާ ބައްދަލުވުންތަކުގެ ސަބަބުން ދިވެހި ޒުވާނުންނަށް ބޭރުގެ ޔުނިވާސިޓީތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތައް އިތުރުވުމާއި އެކު ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް މުހިއްމު މަސައްކަތްތަކެއް ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދިޔުމުގެ މަގުފަހިވެގެންދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.