
ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދްނާން ޗީމާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝީހާމަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޔޫއެންޑީޕީން އާއި މި ވުޒާރާއާ ދެމެދު އޮތް ވަރުގަދަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ޚާއްޞަކޮށް އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން، ޤައުމީ ފެންވަރުގައި އެންމެން ޝާމިލުވާގޮތަށް، ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.
ހަމަ އެއާއެކު ވަޒީރު ވަނީ ވުޒާރާގެ މަސައްކަތްތަކަށް ޔޫއެންޑީޕީއިން މިހާރުވެސް ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފަ އެވެ.