އުކުޅަހުގައި 'ހާލު ކިހިނެއް؟' ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

"ޙާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން އަރިއަތޮޅު އުތުރުބުރި އުކުޅަހުގެ މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށްފިއެވެ.

‏މި ޕްރޮގްރާމްގެ ތެރެއިން އުކުޅަހުގެ މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ވެސް ވަނީ ކުރެވިފައެވެ. އަރިއަތޮޅުގެ މި ޒިޔާރަތްތަކުގެ ތެރެއިން މިހާތަނަށްވަނީ އަރިއަތޮޅު އުތުރުބުރި ރަސްދޫ އަދި ތޮއްޑޫގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ. އަދި މި ޒިޔާރަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެރަށްރަށުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެހީތެރިކަމާ އެކުގައެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެެއްގެ ހުރިހާ ގޭބިސީތަކަކަށް ޒިޔާރަތްކޮށް، ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިިނުމުގެެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.