އެކުއަކަލްޗަރ ދާއިރާ ތަރައްގީކުރުމަށް ޗައިނާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްއާއި ޗައިނާގެ ފުޖިއަން ފިޝަރީޒް އިންސްޓިޓިއުޓްއާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރުމަށް ދިރާސާކުރުމާއި އެކުއާކަލްޗަރ ދާއިރާ ކުރިއެކުރުވުމުގެ އެހެނިހެން ދިރާސާ އަދި ކަނޑުގެ މާހައުލާ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ގުޅުންހުރި ދިރާސާކުރުމެވެ.

ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވަޒީރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފަހުމުނާމާ އަކީ ދެމެހެއްޓެނިވިގޮތެއްގައި ކަނޑާއި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމަށް ދިވެހިރާއްޖެއާއި ޗައިނާއިން ދޭ ޚާއްޞަ ސަމާލުކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެކެވެ.

މީގެއިތުރުން، މި އެއްބަސްވުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެކުއަކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް އެޅޭ އިތުރު ހަރުދަނާ ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ޢިލްމީ އަދި ޓެކްނިކަލް ގުޅުން އިތުރަށް ބަދަހިވެ، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ފަހުމުނާމައުގައި ސޮއިކުރެއްވީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝިމާލް އެވެ. މި ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުނެވެ. މިގޮތުން މެރިކަލްޗަރ އަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މުހިންމު އަމާޒެކެވެ. މި ފަހުމުނާމާއަކީ ރައީސް މުއިއްޒުގެ އެ އަމާޒު ޙާޞިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.