މީރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

މީރާގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

މިއީ މީރާ ކްލަބާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 9:00 އިން ހަވީރު :004 އަށް މީރާ އޯކިޑް ބިލްޑިންގގެ ތިންވަނަ ފަންގިފިލާގައެވެ. މި ޕްރޮގްރާމުގައި މީރާގެ ގިނަ މުވައްޒަފުންނާއި އާންމުންގެ ފަރާތްތަކުން ބައިވެރިވެ ލޭ ހަދިޔާކޮށްފައިވާކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ.

ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ 2013 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.