އިސްރަށްވެހިންގެ ނާދީގައި ނަމާދު ގެ މާތްކަމާއި ބެހޭ ގޮތުން ދަރުހެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީއާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ގުޅިގެން މާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ ސިލްސިލާ ދަރުސްތަކުގެ ތެރެއިން ނަމާދު ގެ މާތްކަމާއި ބެހޭ ގޮތުން ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދުގެ ދަރުސް ދެއްވީ އައްޝައިޚް އަބްދުﷲ މިފްޒާލްއެވެ.

މި ޕްރޮގްރާމަކީ އިސްރަށްވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ ޚާއްސަ ޕްރޮގްރާމެކެވެ. އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.