ހިންނަވަރުގަ އަލަށް ލައިސަންސް ނަގަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފި

ޅ. ހިންނަވަރުގައި އަލަށް ލައިސަންސް ނަގަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "ހިއްސާ ޕްރޮގްރާމް 2025" ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކޮށް، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަކީ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި އަދި ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ހެދުމަށާއި ރަށުގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ އިތުރުން ހިންނަވަރަކީ ގާނޫނާއި ގަވާއިދުތަކަށް އިހުތިރާމުކުރާ ބަޔަކު ދިރިއުޅޭ މުޖުތަމައެއްކަން ކަށަވަރުކުރުމެވެ.

މިމަހުގެ 14 އިން 23އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމަށް އިންޑޯރ ކުލާސްތަކާއި ޕްރެކްޓިކަލް އައުޓްޑޯ ކުލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 31 މީހުން ބައިވެރިވިއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.