
އިންޑިއާގެ އަހްމަދުއާބާދުގައި މިއަދު އެއާ އިންޑިއާގެ ފްލައިޓެއް ވެއްޓި، ހިނގި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިތާމަފާޅުކުރައްވައިފިއެވެ.
އެމަނިކުފާނުގެ އަމިއްލަފުޅު "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، ދިވެހި ސަރުކާރާއި ރައްޔިތުން، މި ހިތާމައިގައި ބައިވެރިވާކަން ހާމަކުރައްވާފައިވެއެވެ.
އިންޑިއާގެ އަހުމަދުއާބާދުން ލަންޑަނަށް ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ އެ ފްލައިޓުގައި 242 ފަސިންޖަރުން ދަތުރުކުރިއެވެ.
ވެއްޓުނު މަތިންދާބޯޓަކީ ބޯއިންގ 787-800 ޑްރީމްލައިނަރ މަރުކާގެ ޒަމާނީ އުޅަނދެކެވެ. އެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ގުޖްރާތުގެ ވައިގެ ސަރަޙައްދު ބަންދުކޮށް އަޙްމަދުއާބާދް ވައިގެ ބަނދަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލިއެވެ.