
ދީނީ އިލްމުވެރިޔާ، ޝެއިޙް އިބްރާހިމް ފަރީދު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިޙް ނިޔާވީ މިއަދުގެ ވަގުތެއްގައި މެލޭޝިޔާގައެވެ. އަދި މެލޭޝިއާ އަށް ވަޑައިގަތީ މިއަދުއެވެ.
އާއިލާގެ ފަރާތުން ބައެއް މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި ޝެއިޚް ނިޔާވީ، އެއާޕޯޓަށް މަތިންދާބޯޓު ޖެއްސުމަށް ފަހު އެ ބޯޓުން ފޭބި ވަގުތުއެވެ.
އެހެެންނަމަވެސް އިތުރު ތަފްސީލެއް އަދިނުލިބެއެވެ.