ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގާ އިންޓާންޝިޕްގެ ދެވަނަ ބެޗު ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން މި ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމުގެ ދެވަނަ ވަނަ ބެޗު ފަށައިފިއެވެ.

ޖޫން މަހުގެ ދެވަނަ ދުވަހު ފެށިގެން ކުރިއަށްދާ މި ޕްރޮގްރާމަކީ 6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ޕްރޮގްރާމެކެވެ.

މި އިންޓާންޝިޕްގައި ނުކުޅެދުންތެރިކަން ހުންނަ ފަސް ފަރާތެއް ބައިވެރިވެފައިވާއިރު، މި ފަރާތްތަކަށް އާރްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.

މި އިންޓާންޝިޕްގެ ފުރަތަމަ ބެޗްގައި ބައިވެރިވެ ޕްރޮގްރާމު ފުރިހަމަ ކުރި އެއް ފަރާތަކަށް އާރްޑީސީއިން ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.