
ބަރަކާތްތެރި އަޟްހާ ޢީދުގެ މުނާސަބާތާއި ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ތިބޭ ކުދިންނަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން، ހެޔޮއެދޭ ފަރާތަކުން ހަދިޔާކުރެއްވި މެންދުރު ކެއުމަކާއެކު ފުލުހުންގެ ފަރާތުން "ވަރަށް ލޯބިން" މި ނަމުގައި ޚާއްސަ ހަރަކާތެއް ހިންގާ، އެކުދިންނަށް ވަނީ ޢީދު ހަދިޔާ ދީފައެވެ. ހަމައެހެންމެ، ހުޅުމާލެ ފޭސް 1 ޕޮލިސް އިން އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އެކުދިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ވަނީ ހޭދަކޮށްފައެވެ.
އަޟްހާ ޢީދާއި ދިމާކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ބަލަހައްޓަމުންދާ ހުރިހާ ކުދިންނަށް އެހީ ޖަމިއްޔާ، އިންޓާރނޭޝަނަލް އެއިޑް ކެމްޕެއިން، އަދި އަލް އަސްރު ގެ ފަރާތުން ވެސް ވަނީ ޢީދު ހަދިޔާ އަދި ޢީދު ކެއުން ހަދިޔާކުރައްވާފައެވެ.