އ.ދ.ގެ 80 ވަނަ ޖެނެރަލް އެސެމްބްލީގެ ނައިބު ރައީސެއްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެ

ސެޕްޓެމްބަރު 2025ގައި ފަށާ އ.ދ.ގެ 80ވަނަ ޖެނެރަލް އެސެމްބްލީގެ ނައިބު ރައީސެއްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައި މިކަން އިޢުލާންކުރައްވަމުން ވިދާޅުވީ، ބައިނަލްއަޤްވާމީ ބައިވެރިންނާއެކު، މިފެށޭ ޖެނެރަލް އެސެމްބްލީ އަކީ ކާމިޔާބު އެސެމްބްލީއަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާނޭ ކަމަށެވެ. އަދި، ރާއްޖެއަށް މިފަދަ ފުރުޞަތެއް ލިބުމުން އެކަމަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، މިއަހަރަކީ ރާއްޖެ އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރުކަމަށް ވިދާޅުވެ، ރާއްޖެއިން ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.