ޔޫތު ކޭމްޕު" ނިންމާލައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ބޭއްވި ޔޫތު ކޭމްޕު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެއް ދުވަހަށް ކުރިއަށް ގެންދިޔަ މި ކޭމްޕު ބާއްވާފައިވަނީ ކުޑަގިރީގައެވެ.

މި ކޭމްޕުގައި ޖުމްލަ 65 ޒުވާނުން ބައިވެރިވެފައިވާއިރު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.

ކޭމްޕުގެ ބައިވެރިންނަށް ޓީމް ބިލްޑިންއާއި، ސެލްފް ޑިފެންސް އަދި ދިރިއުޅުމުގައި ބޭނުން ހިފޭނެ ތަފާތު ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.

މިދިޔަ އަހަރު ވެސް ޔޫތު މިނިސްޓްރީން ވަނީ ޔޫތު ކޭމްޕް ބާއްވާފައެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ.

ޔޫތު މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.