
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި ޔަންޓައި ޑޮންގފަންގ ވިސްޑޮމް އިލެކްޓްރިކް ކޯ ލިމިޓެޑް އިން "އިންޓަރނޭޝަނަލް ޒީރޯ-ކާބޮން އައިލޭންޑްސް އެންޑް ގްރީން ލޯ-ކާބޮން ޑިވެލޮޕްމަންޓް" ކޮންފެރެންސާއި ގުޅިގެން ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، އިންޓަރނޭޝަނަލް ޒީރޯ-ކާބޮން އައިލޭންޑްސް އެންޑް ގްރީން ލޯ-ކާބޮން ޑިވެލޮޕްމަންޓް ކޮންފެރެންސަށް ތައްޔާރުވުމުގެ އިތުރުން ދިރާސާކުރުމާއި މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.
"ޗައިނާ- ޔަންޓައި-ރިޕަބްލިކް އޮފް މޯލްޑިވިސް އިންޓަރނޭޝަނަލް ޒީރޯ-ކާބޮން އައިލޭންޑްސް އެންޑް ގްރީން ލޯ-ކާބޮން ޑިވެލޮޕްމަންޓް"ގެ ނަމުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ މަޤްސަދަކީ ގްރީން އަދި ލޯ-ކާބޮން ޑިވެލޮޕްމަންޓްގައި ޗައިނާ އަދި ދިވެހިރާއްޖެ އިން ގުޅިގެން މަސައްކަތްކުރުމާއި، އެ ދާއިރާއާއި ގުޅޭ ދިރާސާކުރުމުގެ އިތުރުން މިފަދަ ތިމާވެއްޓަށް ފައިދާ ހުރި ، ދެމެހެއްޓެނިވި ތަރައްޤީ ގެނެސްދިނުމަށް މަގުފަހިވާ އުޞޫލުތަކާއި ޕޮލިސީތަށް އުފެއްދުމެވެ.