
މަސްބޯޓެއް އިންޖީނު ހުއްޓި އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އެދިއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އައްޑު އަތޮޅު ހުޅަނގުން ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ އެ ބޯޓްގެ ކަންކަން ވަރަށް ގާތުން ބަލައި މޮނީޓަރ ކުރަމުން ކަމަށެވެ.
މި ބޯޓް މިހާރު އޮތީ ސ. ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ބޭރުގައި ކަމަށާއި އެ އުޅަނދު އޮޔާ އަންނަނީ އައްޑޫސިޓީ ހިތަދޫ ކޯއްޓޭއާ ދިމާލަށް ވެސް ވިދާޅުވެއެވެ. މި ބޯޓަކީ ފެހިކުލައާއި ނޫކުލަ ލާފައިވާ އުޅަނދެކެވެ. ބޯޓްގެ ފަޅުވެރިންގެ ހާލު ރަނގަޅުކަމަށް މި ބޯޓުން މަޢުލޫމާތު ދެއެވެ.