ހުޅުމާލެ އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށްފި

ހުޅުމާލެ އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ ހުޅުމާލެ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް އެމްއެންޑީއެފްއާ ހަވާލުކޮށްގެން ފެށި މަސައްކަތް ފުރިހަމަކުރުމަށް ފަހު، ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ލެވެލްގެ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ދިވެހި ސިފައިންނާ ހަވާލުކުރައްވައިގެން ކުރި މަސައްކަތެކެވެ.

މާރިޗު 28 ވަނަ ދުވަހު ދިވެހި ސިފައިން ފެށި މި މަސައްކަތް އަވަސްކަމާއެކު ނިންމާލެވިފައިވަނީ، ހުއްޓުމެއް ނެތި ސިފައިން ކުރި މަސައްކަތުންނެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ވަނީ، އޮރެންޖު ހިޔާގައި އަލަށް ޚިދުމަތް ފޯރުކޮށްދޭން ފަށާ ތެލެސީމިއާ އެންޑް އަދަރ ހިޔުމޯގްލޯބިނޯޕެތީސް ސެންޓަރަށް މިއަދު ލޭ ހަދިޔާކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.