
ތިނަދޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ބޮލަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ތިނަދޫ ކުރީގެ ހުކުރު މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގި މައްސަލަ، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ 15:47 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިލަކު ދުއްވަން އިން 31 އަހަރުގެ އަންހެން މީހާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު، އެރޭ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަނިޔާ ލިބުނު އަންހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.