އެމްއެންއެސްޑީއޭ އިން ނޭޝަނަލް އެސެސަރަކަށްވުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑިއޭ)ގައި ނޭޝަނަލް އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ނޭޝަނަލް އެސެސަރުންނަކީ ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކުން ތަމްރީނު ހާޞިލްކުރަމުންދާ ޒުވާނުންގެ ކިބައިގައި އެ ދާއިރާއަކާއި އެކަށީގެންވާ ޤާބިލްކަމާއި ހުނަރުތައް އެ ޒުވާނުންގެ ކިބާގައި ހުރިކަން ކަށަވަރުކުރުމަށް އެމްއެންއެސްޑީއޭގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެކެވެ.

ނޭޝަނަލް އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް؛

1. އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ޕްރޮގްރާމްގެ ދާއިރާއިން އެ ފެންވަރަށްވުރެ މަތީ ލެވެލްއެއްގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، 1 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. ނުވަތަ،

2. އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާ ޕްރޮގްރާމްގެ ދާއިރާއިން އެއްފެންވަރެއްގެ ސަނަދެއް ޙާޞިލްކޮށް 2 އަހަރުގެ ޢަމަލި ތަޖުރިބާ ހާޞިލުކޮއްފައިވުން.

ނުވަތަ،

3. އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާ ޕްރޮގްރާމްގެ ދާއިރާއިން މެދުނުކެނޑި 5 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު އެ ދާއިރާއެއްގައި މަސައްކަތްކުރަމުންދާ ފަރާތަކަށްވުން.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން މަސައްކަތްކުރަމުން އަންނަ އެމްއެންއެސްޑީއޭ އިން އަންނަނީ ދިވެހިރާއްޖެއަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތަމްރީންވާ ޒުވާނުންގެ ކިބާގައި އެ ދާއިރާއިން ކުރިއަށްދިޔުމަށް އެކަށީގެންވާ ހުނަރާއި ޤާބިލްކަން ހުރި މިންވަރު ދެނެގަތުމަށް "ނޭޝަނަލް އެސަސްމަންޓް"ގެ ނަމުގައި ތަފާތު ދާއިރާތަކުން ޢަމަލީ އިމްތިހާނުތަށް ކުރިއަށްގެންދަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.