ވިއްސާރައާ ގުޅިގެން ހިންމަފުށްޓަށް ލިބުނު ގެއްލުންތައް ބަލައިފި

މި ހިނގާ، މާރިޗު މަހުގެ ފުރަތަމަ ދުވަހު ކުރި ވިއްސާރައާ ގުޅިގެން މާލެ އަތޮޅު ހިންމަފުށްޓަށް ލިބުނު ގެއްލުންތައް ހިންމަފުށި ހިމެނޭ ކުލަސްޓަރގެ ބޭފުޅުން ބައްލަވައިލައްވައިފިއެވެ.

ލިބުނު ގެއްލުންތައް ބައްލަވައިލެއްވީ، މާލެ އަތޮޅު ހިމެނޭ ކުލަސްޓަރގެ ބޭފުޅުން މިއަދު ހެނދުނު ހިންމަފުށްޓަށް ކުރެއްވި ޒިޔާރަތުގައެވެ.

މި ޒިޔާރަތުގައި ކުލަސްޓަރގެ ބޭފުޅުން މިއަދު ހެނދުނު ވަނީ ހިންމަފުށީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ސްޓެލްކޯގެ ޓެކްނިކަލް ބޭފުޅުން ވެސް ބައިވެރިވެލެއްވިއެވެ. ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ މި ވިއްސާރާގައި، އެ ރަށުގެ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތަކާ ބެހޭ ގޮތުންނެވެ.

ހިންމަފުށްޓަށް ޒިޔާރަތްކުރެއްވި މި މިނިސްޓްރީގެ ޓީމުގައި ކުލަސްޓަރ އެގްޒެކެޓިވް ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޢާލިމާއި، ސިނާނުގެ އިތުރުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޓީމުގެ ބޭފުޅުން ތުލަސްދޫއަށް ވެސް ޒިޔާރަތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.