
ހުޅުމާލޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ބުނީ ރޭ 10:00 ހާއިރު ހުޅުމާލެ ފޭސް 2 ގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މަރާމާރީގައި އެތަނުން އެއް ކުއްޖަކު ޒަހަމް ވެފައިވާކަމަށާއި ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މީގެ އިތުރުން ވެސް 4 ކުއްޖަކު ހިފައްޓާފައިވާނޭކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.