
ރޯދަމަހު އިސްލާމީ މަރުކަޒުގައި އިމާމުވެ، ތަރާވީސް ނަމާދު ކުރައްވާނެ ބޭފުޅުން އިއުލާންކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިސްލާމީ މަރުކަޒުގައި ރޯދަ މަހު އިމާމުވެ ތަރާވީސް ކުރައްވާނީ، މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދު އަދި އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފާއި މި ހަތަރު ބޭފުޅުން ކަމަށެވެ.
މީގެ އިތުރުން ސުލްޠާން މުޙައްމަދު ލަޠީފް ގުޅިވަޑައިގަންނަވާނީ ފަހު ދިހައިގައި ކަމަށާއި ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠިފް ކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރު ވަނީ އަމާޒަކީ މުސްތަޤުބަލަށް މިޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން ނެރުން ކަމަށް ވެސް ވިދާޅުވެފައެވެ.