އަމިއްލަގޮތުން މަޖިލިސް ގޮނޑި ކާމިޔާބުކުރި 6 މެމްބަރުން ޕީއެންސީ އަށް ސޮއިކޮށްފި

އަމިއްލަގޮތުން މަޖިލިސް ގޮނޑި ކާމިޔާބުކުރި 6 މެމްބަރުން ޕީއެންސީ އަށް ސޮއިކޮށްފިއެވެ.

ނިމިދިޔަ އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބު ކޮށްފައި ވަނިކޮށް އަމިއްލަ ގޮތުން ވާދަ ކުރި ކެންޑިޑޭޓިންގެ ތެރެއިން 6 މެންބަރަކު ސޮއިކުރެްވުމާ އެކު ޖުމްލަ އަދަދު މިހާރު 72 އަށް އެރީއެވެ.

މިއަދު ސޮއި ކުރެއްވި މެންބަރުން؛

  • ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
  • ހަސަން ޒަރީރު – މަތިވެރި ދާއިރާ
  • އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  • އަހްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  • ޔާސީން އަބްދުﷲ - ނައިފަރު ދާއިރާ
  • އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ

މި މެންބަރުންގެ އިތުރުން ޕީއެންސީ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްޑީއޭގެ 2 މެންބަރަކާއި އެމްއެންޕީގެ މެންބަރަކު ހިމެނޭއިރު ސުޕާ މެޖޯރިޓީގެ އަދަދު 76 އަށް އެރީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.