ޢަބްދުﷲ ޝާހިދުގެ އާއިލާ އަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ކުރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދުގެ ބައްޕާފުޅު، އަލް މަރްޙޫމް ދަރަވަންދޫގޭ މޫސާ ޖަމީލް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގެ ޕްލެޓްފޯމެއްކަމަށްވާ އެކްސް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ތަޢުޒިޔާގެ މެސެޖުގައި އަލް މަރްޙޫމް ދަރަވަންދޫގޭ މޫސާ ޖަމީލް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކުގައިކަމަށް ވިދާޅުވިއެވެ.

މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި، މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާކުރައްވައިފައެވެ.

ޢަބްދުﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުއެވެ. މައްޔިތާ އަށް ޒިޔާރަތް ކުރުން މިހާރު ކުރިއަށްދާއިރު، ކަށުނަމާދު އޮތީ އަސުރު ނަމާދަށްފަހުއެވެ.

ފަސްދާނު ލެއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.