ވޯޓުލާ މަރުކަޒު ކައިރީގައި މޭޒާއި ގޮނޑި ޖަހައިގެން ތިބުމަކީ މަނާ ކަމަށްފުލުހުން ބުނެފިއެވެ.
ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޝަރީފް ވިދާޅުވީ ވޯޓުލާ މަރުކަޒުތައް ކައިރީގައި ޓެންޓު ޖެހުމާއި ގޮނޑި ޖަހައިގެން ތިބުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެއީ ފާއިތުވި ރިޔާސީ އިންތިޚާބުގައިވެސް އަމަލު ކޮށްފައިވާ އުސޫލެއް ކަމުގައެވެ.
އޭގެ އިތުރަށް ފުލުހުން ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވެސް ބޮޑީވޯން ކެމެރާ ބޭނުން ކުރާނެ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ވޯޓުލާ މަރުކަޒުތަކުގައި ހިނގާ ކަންކަން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ވަގުތުން ފެންނަ ގޮތް ހެދުން ކަމުގައެވެ.
ވޯޓުލުން ފަށާނީ ހެނދުނު 8:00 ގައެވެ. ވޯޓުފޮށިތައް ބަންދުކުރާނީ ހަވީރު5:30 ގައެވެ. އެކަމަކު ގަޑިޖެހުމުގެ ކުރިން ކިއު އަށް އަރާ ފަރާތްތަކަށް ވޯޓުލުމަށް ފުރުސަތު ދޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވީއެންމެ އަވަހަކަށް ވޯޓުލައި ނިންމުމަށް އެދިފައެވެ.