ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނިގެން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގައި ބައިވެރިވާ އިތުރު ހަތަރު މީޑިއާތަކާއެކު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.
ފަންނާއި ސަގަފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައި ސޮއިކުރި ހަތަރު މީޑިއާއަކީ ސަބަބު އޮންލައިން، ހަލި ނިއުސް، މޯލްޑިވްސް ލެޖަރ އަދި ތުޅާދޫ ޓައިމްސްއެވެ. މިމަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނަށް ވުމަށް ހުރިހާ މީޑިއާތަކަށް އަދިވެސް ފުރުސަތު އޮތްކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.
އިޙުތިރާމު އަދާކުރުމުގެ މި މަޝްރޫޢަކީ 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގައި ބައިވެރިވާ 34 މީޑިއާ، ޕާޓްނަރުންގެ ގޮތުގައި މިހާތަނަށް ސޮއި ކޮއްފައިވެއެވެ.
