މަޝްރޫއުތައް ނުހުއްޓީ ދަނީ ކުރިއަށް: ރައީސް

ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖޭގެ ތަައްގީއަށް ހިންގަމުންދާ މަޝްރޫއުތައް ނުހުއްޓީ ދަނީ ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ރައީސް ވަނީ ކުރީ ސަރުކާރުން ފެށި ތަރައްޤީގެ މަޝްރޫޢުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުޙުމަތުތަކަށް ރައްދުދެއްވާ ވާހަކަފުޅުދައްކަވާފައެވެ.

ޢުމްރާނީ ތަރައްޤީގެ ރޮނގުން އެކި ދާއިރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނުއިރު ފެނާއި ނަރުދަމާގެ 27 މަޝްރޫޢަކާއި، ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ޚިމާޔަތްކުރުމުގެ 30 މަޝްރޫޢަކާއި، މަގުހެދުމުގެ 17 މަޝްރޫޢެއް އޮތީ ހުއްޓިފައިކަމަށެވެ. އަދި ކުޅިވަރު ވަޞީލަތްތައް ބިނާކުރުމުގެ 84 މަޝްރޫޢަކާއި، ތަޢުލީމީ ދާއިރާއާގުޅުންހުރި 90 މަޝްރޫޢެއްގެ އިތުރުން މިސްކިތްތައް ބިނާކުރުމުގެ 20 މަޝްރޫޢަކާއި، އެއަރޕޯޓުތައް ތަރައްޤީކުރުމުގެ 7 މަޝްރޫޢެއް އަދި 11 ރަށެއްގެ ބޯހިޔާވަހިކަމުގެ 220 މަޝްރޫޢެއްގެ މަސައްކަތްވެސް އޮތީ ހުއްޓިފައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް އެގޮތުގައި ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.