އުމްރާއަށް ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ޒަމް ޒަމް ހައްޖު އެންޑް އުމްރާ ޓްރެވެލްސްގެ ފަރާތުން އުމްރާގެ އަޅުކަމަށް ގޮސްހުރި އިބްރާހިމް ރަޝީދު ކިޔާ މީހެކެވެ.
އޭނާ އަކީ ކެންސަރަށް ފަރުވާ ކުރަމުންދިޔަ މީހެއް ކަމަށާއި އޭނާ ނިޔާވީ ފުއްޕާމޭގައި އިންފެކްޝަނެއް ހެދިގެން މައްކާގެ ނޫރު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށް ޒަމްޒަމް ގްރޫޕުން މައުލޫމާތު ދެއްވައެވެ.