މާމެންދޫގައި އުޅެނިކޮށް ނަރީޝްއަށް ހަމަލާދީފި

ގއ. މާމެންދޫގައިއުޅުއްވަނިކޮށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝަށް ހަމަލާދީފިއެވެ.

އޭނާ އަށް ހަމަލާދީ، މާރާމާރީ ހިންގާފައިވަނޯ އެރަށުގައެި އޮތް ކެމްޕޭން ހަރަކާތެއްގައި އުޅުއްވަނިކޮށެވެ.

ފުލުހުން ބުނީ ނަރީޝަށް ހަމަލާދިން ކަމުގެ މައުލޫމާތު ލިބުނީ، ހޮނިހިރު ދުވަހުގެ 17:00 ހާއިރު ކަމަށެވެ.

މީގެ އިތުރުން އެ ހަމަލާގައި ނަރީޝަށް އަނިޔާ ލިބުނު ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ނަރީޝް މާމެންދުއަށް ވަޑައިގަތީ ޕީޕީއެމް، ޕީއެންސީގެ ފަރާތުން ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހީމް ދީދީގެ ކެމްޕެއިނަށެވެ.

މި ހަމަލާއާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާ އަކާ ވާހަކަދައްކަަވަމުން ނަރީޝް ވިދާޅުވީ، އެ ހަމަލާ ދީފައިވަނީ 150 މީހުންނާއެކު ކެމްޕެއިން ހަރަކާތުގައި އެރަށަށް ވަޑައިގަތުމުން ކަމަށެވެ. އެމްޑީޕީ އެކްޓިވިސްޓުންނާއެކު ހިނގި ބަހުގެ ހަމަލާތަކެއްގައި އެތަނުން މީހަކު ފަހަތުން އައިސް އޭނާގެ ބުރަކަށީގައި ގޮށްމުށް ކަވާފައި ދެ ފަހަރަށް ޖެހިކަމަށް ނަރީޝް ވިދާޅުވެފައިވެއެވެ.

އެއަށްފަހު ދަގަނޑު ހޮޅި ބުރިއެއް ނަގައިގެން، އެ މީހާ ނަރީޝްއަށް އިތުރަށް ހަމަލާ ދޭން މަސައްކަތް ކުރުމުން އެތަނުގައި ތިބި މީހުން އޭނާ ހިފެހެއްޓި ކަމަށް ނަރީޝް ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރެއެވެ.

ނަރީޝަށް ދިން ހަމަލާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ނަރީޝަށް ދިން ހަމަލާ އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.