އެމްޕީއެލްގެ ރޯދަ ހަދިޔާ ފިޔަވައްޗަށް

ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުޑަކުދިން ތިބޭ މަރުކަރު "ފިޔަވަތި" އަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން މަސްދަޅު ކޭސްތަކެއް ހަދިޔާކޮށްފިއެވެ.

އެމް.ޕީ.އެލްގެ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ފިޔަވައްޗަށް ޖުމްލަ 35 ދަޅުމަސް ކޭސް ވަނީ ހަދިޔާކޮށްފައެވެ.

އެމް.ޕީ.އެލްގެ ފަރާތުން މަސްދަޅު ކޭސްތައް ރަސްމީކޮށް ހަވާލުކޮށްދެއްވުމަށް އެމް.ޕީ.އެލްގެ ޗީފް އޮފް ބިއުރޯ އައިޝަތު ޝިމްލާ އާއި ޖެނެރަލް މެނޭޖަރ އަޙްމަދު ސަލީމް އަދި ޖެނެރަލް މެނޭޖަރ އަލީ ޖައުފަރު ވަނީ މިއަދު ހެނދުނު ފިޔަވައްޗަށް ވަޑައިގަތް، އެ މަރުކަޒުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައިފައެވެ.

އެމް.ޕީ.އެލްގެ ސީ.އެސް.އާރްގެ ދަށުން މީގެ ކުރިންވެސް ފިޔަވައްޗަށް ވަނީ ތަފާތު އެހީތައް ފޯރުކޮށްދީފައެވެ. އަދި ކުރިއަށް އޮތް އެ މަރުކަޒަށް ބޭނުންވާ އެކި ކަންތައްތަކުގައި މި ކުންފުނީގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.