އިރުޝާދިއްޔާ ސްކޫލުގެ ދަރިވަރުންނަށް މޫދު ކުޅިވަރު ހަރަކާތްތަކެއް

އައްޑޫސިޓީ އިރުޝާދިއްޔާ ސްކޫލުގެ ގާލްގައިޑުންނާއި، ކަބް ސްކައުޓް އަދި ލިޓްލް މެއިޑު ދަރިވަރުންނަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ފަރާތުން މޫދު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި އެ ސްކޫލުގެ 57 ދަރިވަރުން ބައިވެރިވިއެވެ. މިގޮތުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި، ފެތުމުގެ މުބާރާތަކާއި، މޫދުގެ ގިނަ ކުޅިވަރުތަކެއްގެ އިތުރުން، ވޯޓަރ ސޭފްޓީއާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.
މި ހަރަކާތްތަކަކީ، މޫދު ކުޅިވަރުތައް ސްކޫލު ދަރިވަރުންނަށް ތަޢާރަފުކޮށް، އެ ދަރިވަރުން ޖިސްމާނީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީ، އަދި ދަރިވަރުންގެ މެދުގައި ދުޅަހެޔޮކަމާއި ހީވާގިކަން ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތްތަކެކެވެ.
މި ހަރަކާތްތަކުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.