'ސްކޭން ޓު ޕޭ' ބޭނުންކޮށްގެން ބޮޑެތި އިނާމް ހޯދުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ސްކޭން ޓު ޕޭ ގެ އައު ޕްރޮމޯޝަންއެއް މިއަދު ފަށައިފިއެވެ.

މޯބައިލް އެޕް ގައި ހިމެނޭ ސްކޭން ޓު ޕޭ ފަންކްޝަން ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުރާރް ކޯޑު ބޭނުންކުރެވޭނެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި 8 ހަފްތާއަށް ބަހާލައިގެން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

މި އިނާމުތަކުގެ ތެރޭގައި:

  • ފިލިޕްސް އެލްއީޑީ 75 އިންޗީގެ ޓީވީ
  • ހިޓާޗީ އައިސްއަލަމާރި
  • ޕްލޭސްޓޭޝަން 5
  • މައިކްރޯވޭވް އަވަން އަދި އެއަރ ފްރައިއަރ

މި ޕްރޮމޯޝަން ކުރިޔަށްދާނީ 20 އެޕްރީލް 2024 ގެ ނިޔަލަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.