ޔޫއެފާ ޔޫރަޕާލީގުގެ 32 ޓީމުގެ ބުރުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި އޭސީ މިލާން އަދި އެތުލެޓިކޯ މެޑްރިޑް ގެ އިތުރަށް އޮލިމްޕިކް މާސޭ އާއި ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވިއިރު ރެޑްބުލް ލީޕްޒީގް އަތުން ނަޕޯލީ ބަލިވެއްޖެއެވެ.
އާސެނަލް ރަށުން ބޭރުގައި ސްވިޑަންގެ އޮސްޓަސަންޑް އަތުން 0-3 އިން މޮޅުވިއިރު އޭސީމިލާން އަތުން ލުޑޮގްރޮޓްސް ހަމަ މިނަތީޖާއިން ބަލިވިއިރު ސްޕޯޓިންގ ބްރާގާ އާއި ދެކޮޅަށްކުޅެ މާސޭ މޮޅުވީވެސް 0-3 އިންނެވެ. އެތުލެޓިކޯ މެޑްރިޑްވަނީ ފަހަތުން އަރާ 1-4 އިން ޑެންމާކްގެ އެފްސީ ކޯޕަންހޭގަން ބަލިކޮށްފައެވެ.
އާސެނަލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެސުތު އޮޒިލް އާއި ނާޗޯ މޮންރެއާލްއެވެ. އާސެނަލްގެ އަނެއް ލަނޑަކީ އޮސްޓަސަންޑްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށްވަން ލަނޑެކެވެ.
އޭސީމިލާނާއި ލުޑޮގްރޮޓްސް ބައްދަލުކުރިމެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ ކުޓްރޯން އާއި ރޮޑްރިގޭޒްގެ އިތުރުން ބޮރީނީ އެވެ.
އެތުލެޓިކޯ މެޑްރިޑްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސައުލް ނިގުއެޒް އާއި ކެވިން ގަމެއިރޯ އަދި ގްރީޒްމަންގެ އިތުރުން ވިޓޯލޯއެވެ. ކޯޕަންހޭގަންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފީޝާއެވެ.
މާސޭ އާއި ސްޕޯޓިންގ ބްރާގާ ކުޅުނުމެޗުގައި ވަލޭރީ ޖާމެއިން 2 ލަނޑުޖެހިއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފްލޮރިއަން ތޯވާން އެވެ.
ރޭކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެޓަލާންޓާ އަތުން ޑޯޓްމުންޑް 3-2 އިން މޮޅުވިއިރު އިޓަލީގެ ސެރިއާގެ ތާވަލްގެ އެންމެކުރީގައިއުޅޭ ނަޕޯލީ ވަނީ އަމިއްލަ ދަނޑުގައި ޖަރުމަންގެ ރެޑްބުލް ލީޕްޒީގް އަތުން 1-3 އިން ބަލިވެފައެވެ. ވިޔަރެއާލް ވަނީ ހަމަ މިނަތީޖާއިން އޮލިމްޕިކް ލިޔޯން އަތުން ބަލިވެފައެވެ.