މުވައްޒަފުން ދޫކޮށްލީ ކުންފުނި ސަލާމަތްކުރަން ވެގެން: މުއާޒު

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ޕޭރޯލް ކުޑަކޮށް، މުވައްޒަފުން ދޫކޮށް ނުލިނަމަ، ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ބޭއްވި ނުސްވެރންގެ ބައްދަލުވުމުގައި މުއާޒު ވިދާޅުވީ އެކަމުގެ ސަބަބުން މުވައްޒަފުން މަދުކުރަން މަޖުބޫރުވީ ކަމަށާއި އެ ކުންފުނީގެ ބޮލުގައި ބޮޑު ދަރަންޏެއް އެެޅިފައިވާ ކަމަށެވެ. އަދި އެ ދަރަންޏާއި އެކީގައި ކުރިއަށްދާން ޖެހޭ ކަަމަށާއި ކުންފުނީގެ ދަރަނިތަކާއި ހެދި ވަރަށް ކަންބޮޑުވާ ކަމަށެވެ.

ދަރަނީގެ މައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި، ކުންފުނީގެ ހާލަތު މިހާރު އޮތީ އޮޕަރޭޝަނަލް ކަންކަ މަށްވެސް ބުރޫ އަރާ ފާދަ ހަލާތެއްގައި ކަަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކުންފުނީގެ ލޯނުގެ ގޮތުގައި 871 މިލިއަން ރުފިޔާ އެބައޮތް ކަމަށާއި އެކި އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ 3.2 ބިލިއަން ރުފިޔާ އާއެކު ޖުމްލަ 4.16 ބިލިއަން ރުފިޔާގެ ދަރަނި މިވަގުތު އެބައޮތް ކަމަށް މުއާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2018 ވަނަ އަހަރު އެ ކުންފުނީގައި 2،700 މުވައްޒަފުން ތިބިއިރު، މި އަހަރު މި ސަރުކާރުން ކުންފުންޏާއި ހަވާލުވިއިރު، 8100 މުވައްޒަފުން ތިބިކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.