
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މިސްރަށް ފުރާވަޑައިގެންފިއެވެ.
މިއީ މިހިނގާ އޮކްޓޯބަރު މަހުގެ 18 އިން 19އަށް މިސްރުގެ ވެރިރަށް ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ފަތްވާ އެންޑް ޗެލެންޖާޒް އޮފް ދަ ތަރޑް މިލެނިއަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ކޮންފަރެންސްގެ މިއަހަރުގެ ތީމަކީ ”ތޭވީސްވަނަ ޤަރުނުގައި ފަތުވާ އަދި ފަތުވާ ދިނުމުގައި ހުރި ގޮންޖެހުންތައް” މި މައުޟޫއެވެ.
މި ކޮންފަރެންސްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީވެސް ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސަކީ ދުނިޔޭގެ ފަތުވާ އިދާރާއިން، ފަތުވާދެއްވާ މުފްތީންނާއި އިސްލާމީ މުފައްކިރުން ހިމެނޭ ގޮތަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.