
ދެން ކުރާނީ އެމްޑީޕީ ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވާ ވަރުގަދަކޮށް ވަރުގަދަ އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިވެރިކަން ނިމެންދެން ހުންނަވާނީ އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ މަގާމުގައި ކަމުން ޕާޓީ ވަރުގަދަކުރުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން ރައީސް ސާލިހު ވަނީ ތަކުރާރު ކުރައްވާފައެވެ.
މީގެ އިތުރުން އެމްޑީޕީ ބަލިކަށިވެގެންދާ ތަން ބައްލަވަން ނުހުންނަވާނެ ކަމަށާއި އެމަނިކުފާނުގެ އަރިހުގައި ވަކި މީހަކު ހުންނެވުން މުހިންމު ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އިންތިޚާބު ގެއްލުމުގެ ސަބަބުތައް ދެނެގަނެވޭނީ ރަގަޅު ދިރާސާއެއް ކޮށްގެން ކަމަށާއި އެހެންނަމަވެސް ފުރަތަމަ ބުރު ނިމުމަށްފަހު ޕާޓީގެ އެތެރޭގެ ބައެއް ފަރާތްތަކުގެ ކޮންފިޑެންސް ގެއްލިގެން ދިޔަ ކަމުގައެވެ. އަދި ސަރުކާރާ ގުޅޭގޮތުން ދައްކަމުންދިޔަ ދޮގު ވާހަކަތަކަކީވެސް ސަރުކާރަށް ކުރިމަތިވި ގޮންޖެހުމެއްކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.