ނައިފަރުން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

ފޮޓޯ: ޕޮލިސް

ޅ. ނައިފަރުން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ ޅ. ނައިފަރުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލުނުތާ ތިން ދުވަސް ފަހުން ހޯދަން ފަށާފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަނީ އެރަށު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، ކަމަށާއި އޭނާ ގެއްލިގެން އޭނާގެ އާއިލާ އިން ރިޕޯޓުކޮށްފައި ވާތީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މައިސަރާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ނައިފަރުން ކަމަށާއި، އޭނާ ފެނުނު އިރު ހުރީ މުށިކުލައިގެ ޓޮޕަކާއި މަޑު ނޫކުލައިގެ ޖިންސެއް ލައިގެން ކަމަށް، އާއިލާ އާ ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.

އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ނައިފަރު ފުލުހުންނަށް (9792187) ނުވަތަ ފުލުހުންގެ ހޮޓްލައިނަށް (3322111) ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.