މުއިއްޒު އަށް އޮތް ތާއީދު ދުވާފަރުން ދައްކާލައިފި

ފޮޓޯ: ޕީޕީއެމް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް އޮތް ތާއީދު ރ. ދުވާފަރުން ދައްކާލައިފިއެވެ.

މުއިއްޒު އެރަށަށް ކެމްޕެއިނުގައި ވަޑައިގަތުމުން އޭނާ އަށް ތާއިދު ކުރުމަށް އެރަށުގެ ގިނަ ބަޔަކު ބަނދަތު ސަރަހްއދަށް ގޮސް، ފިޔާތޮށި ކުލައިން ފުރާލާފައިވާއިރު، ދިގު ކިޔޫ އެއް ވަނީ ހަދާފައެވެ.

ކުދިބޮޑު އެންމެން މުއިއްޒުއަށް މަރުހަބާ ދެންނެވުމަށް ދިގު ސަފެއްގައި އެތުރިގެން ތިބިއިރު، އެއްބުރުން މުއިއްޒު ކާމިޔާބު ކުރާނެ ކަމަށް ސަޕޯޓަރުން ދިޔައީ ގޮވަމުންނެވެ.

މިއީ ފުވައްމުލަކަށް ފަހު، މުއިއްޒުއަށް މިހާބޮޑު މަރުހަބާއެއް ދެންނެވި ރަށެވެ.

ދުވާފަރަކީ ގިނަ އިންތިޚާބުތަކުގައި ޕީޕީއެމްއަށް މެޖޯރިޓީ ލިބޭ ޕީޕީއެމްގެ ރަށެއްގެ ގޮތުގައިި ފާހަގަކުރެވޭ ރަށެކެވެ.

ރ.އަތޮޅަށް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގެ ރަށްތަކުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއާއިއެކު ރ. އަތޮޅުން ބޮޑު މެޖޯރިޓީއެއް ލިބޭނެކަމަށް ޕީޕީއެމް، ޕީއެންސީން ދެކެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.