ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ މެނިފެސްޓޯ އިން ރާއްޖޭގެ އިގްުތިސާދު މެކުހަށް ޖަހާނެ ކަމަށް ރީގެ ނައިބު ރައީސް ޑރ. އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޖިހާދު ވިދާޅުވީ އެ މެނިފެސްޓޯ ތަންފީޒުކުރެވިއްޖިއްޔާ ރާއްޖޭގެ ރައްޔިތުން ހުންނާނީ އުފަލުން ފޮޅިފައި ކަމަށާއި، މި މެނިފެސްޓޯގެ ސަބަބުން ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޖިހާދު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރާނެ ގޮތާއި، އިގްތިސޯދު މެކުހަށް ޖަހައި، ކުދި ފަންތި އާއި މެދު ފަންތީގެ ވިޔަފާރިތަކުގެ ސިނާއަތަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަ މެނިފެސްޓޯގައި ތަފްސީލުކޮށް ހިމަނާފައިވާނެ ކަމަށެވެ. އަދި މެނިފެސްޓޯ އެކުލަވާލުމުގެ ކުރިން ފުރަތަމަ ކުރި ކަމަކީ ރާއްޖެ އަށް ދިމާވެފައި ހުރި މައްސަލަތައް ދެނެގަނެ، ކަމާއިބެހޭ އެކި ފަރާތްތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތައް ހިމެނޭހެން އެކި ފަރާތްތަކާ ވާހަކަ ދެކެވި މަޝްވަރާކުރެވުނު ކަމަށް ވެސް ޖިހާދު ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވީ ޖޭޕީގެ މެނިފެސްޓޯ ކޮންމެ މީހަކު ވެސް ކިޔާލުމަކީ މުހިންމު ކަމެއް ކަމަށާއި ސެޕްޓެމްބަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާން ދިއުމުގެ ކުރިން މި މެނިފެސްޓޯ ކިޔާޅުމަށް އެދޭ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ: https://jumhooree.org/docs/JP_MANIFESTO.pdf