
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް ފާސްކުރައްވައިފިއެވެ.
ފުއާދުގެ އިތުބާރު ނެތްކަމަށް ފާސް ކުރައްވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމެއްގައެވެ.
އެ މައްސަލަ ކުރިއަށް ގެންދިޔަ ޖަލްސާގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ބައިވެރިވެ ވަޑައިގެންފައި ނުވެއެވެ.
ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް މިބައްދަލުވުން ޗެއަރ ކުރެއްވި މިބައްދަލުވުމުގައި ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރެއްވީ ކޮމިޝަންގެ ތިން މެމްބަރުން ކަމަށްވާ، ޢަލީ ނަޝާޠު، ޑޮކްޓަރ މުޙައްމަދު ޒާހިރު އަދި މުޙައްމަދު ޢާޞިފްގެ ތާއީދާއެކުގައެވެ.
ހަބީބް ވިދާޅުވީ މި ވޯޓަކީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން ދުރުކުރުމަށް ނެގުނު ވޯޓެއް ނޫން ކަމަށާއި ސަބަބަކީ ގާނޫނީ ގޮތުން ކޮމިޝަންގެ ރައީސް މަގާމުން ވަކިކުރުމުގެ ބާރު މެންބަރުންނަށް ލިބިދީފައި ނުވާތީ ކަމަށެވެ. އަދި އެބާރު ލިބިދެނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުއާދު ވިދާޅުވީ މަސައްކަތް ކުރައްވަމުންދަނީ ޤާނޫނީ އިމުގެ ތެރެއިން ކޮމިޝަނުން ކުރައްވަންޖެހޭ މަސައްކަތްތައް މިނިވަންކަމާއިއެކު ކުރެއްވުމަށް ކަމަށެވެ.
މާލެސިޓީ ކައުންސިލްގެ ފުރަތަމަދައުރު ކިބިގަސްދޮށުގެ ނަގަން ނިންމިނިންމުމާ ކޮމިޝަންގެ މިނިންމުމާ ހުރީކޮންތަފާތެއް