އަޅުގަނޑުގެ ސަރުކާރު ވާނީ މިހާތަނަށް ނުދެކޭ ވަރުގެ ހަރުދަނާ ސަރުކާރަކަށް.: ގާސިމް

ޖުމްހޫރީ ޕާޓީގެ ސަރުކާރު ވާނީ ތަޢުލީމާ ތަޖުރިބާއާ ގާބިލްކަމުގައި މިއިން ޒަމާނެއްގައިވެސް ނުދެކޭ ވަރުގެ ހަރުދަނާ ސަރުކާރަކަށް ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލު ކުުރުމަށް ބޭއްވި ހަފުލާގައި ގާސިމް ވިދާޅުވީ ސިޔާސީ ފިކުރުތަކުގެ ކަސްތޮޅުން ނެއްޓި، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙު ނަގަހައްޓާ ދަމަހައްޓާނޭ ސަރުކާރަކަށްވާނެ ކަމަށެވެ. އަދި އެއްވެސް ދިވެހި ރައްޔިތަކު ބާކީ ނުކުރާ ސަރުކާރަކަށް. ވެސް ވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ 2008 ގެ ރިޔާސީ އިންތިޚާބާއި އެކު ކޮންމެބަޔަކަށް ވެސް ވެރިކަމަށް މިއާދެވެނީ ކޯލިޝަނަކުން ކަމަށާއި ނަމަވެސް ވެރިކަމަށް އާދެވުމަށްފަހު ކޯލިޝަަނަކީ މާބޮޑު ދައުރެއް އޮންނަ އެއްޗަކަށް ނުވާ ކަމަށެވެ. ނަމަވެސް އެ ސަރުކާރަކަށް ދަތިނުކޮށް ކެތްތެރިކަމާއެކު އަބަދު ވެސް ޖުމްހޫރީޕާޓީން ތިބެނީ ޤައުމުގެ ކުރިއެރުން މަޑުޖެހިދާނެތީ، ރައްޔިތުންނަށް އިތުރަށް ދަތިވެދާނެތީ ރައްޔިތުންގެ ހައްޤުގައި ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ  އަބަދުވެސް ކޯލިޝަން އެއްބަސްވުމެއްވެސް އޮންނަކަމަށާއި އެއެއްބަސްވުމަށް އިޚްތިރާމް ކުރާމިންވަރުގެ މައްޗަށް ވާހަކަ ދައްކާކަށް ނެތީން ކަމަށެވެ. އަދިވޭތުވެދިޔަ ހުރިހާ ސަރުކާރުތަކަކުންވެ ސް އަދި މިއަދުގެ ސަރުކާރުންވެސް ކަންތައްތައް ކުރިގޮތް އަދި ކުރަމުންދާގޮތް އެއީ ފެންނާން އޮތް ހަޤީޤަތެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީން އަބަދު ވެސް ކޯލިޝަން ސަރުކާރެއް އެކުލަވާލަނީ އެ ސަރުކާރެއް މެދުވެރިކޮށް ދިވެހި ޤައުމަށް ކުރިއެރުން ހޯދުމަށް ކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.