ބިލެތްދޫ ދާއިރާގެ މެމްބަރުގެ ތާއީދު ރައީސް ސާލިހަށް!

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް)، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ރައީސް ސޯލިހް ފ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ދޮންބިލެތް ވަނީ ދާއިރާގެ ބޮޑު މެޖޯރިޓީއަށް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބޭނެކަމުގެ ޔަގީންކަން ވެސް  ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ދޮންބިލެތް  މަޖިލީހުގައި މީގެކުރިން މަސައްކަތް ކުރައްވާފައިވަނީ ވެސް، ރައީސް ނަޝީދަށް ތާއީދުކުރައްވައެވެ. އަދި ގެންދެވީ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެހެންނަމަވެސް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވުމަށްފަހު، މިހާރު މިވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ ކަން އިއުލާން ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.